-Advertisement-

-Advertisement-

ކީރިތި ގުރުއާންގެ އިލްމު ރާއްޖޭގައި ފެތުރުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ: ޝަހީމް

ފޮޓޯ: ވަގުތު ނޫސް

ކީރިތި ގުރުއާންގެ އިލްމު ރާއްޖޭގައި ފެތުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތުކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިލައްވާ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިރޭ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމު ވަދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސުން ފެށިގެން ދައުލަތުގެ ވަޒީރުންނާއި ވެރިން ހަފްލާގެ ކުރީ ސަފު ފުރާލުމަކީ މި ސަރުކާރުން މި މުބާރާތައް ދޭ އަހައްމިއްޔަތުކަން ހާމަވަގެންދާ ކަމެއް ކަމަށެވެ.

ދައުލަތުގެ ހުރިހާ ވެރިން ހިމެނޭހެން މިޖަލްސާ މިހެން ބޭއްވުމުން މުބާރާތުގެ ބައިވެރިންނާއި، އެކުދީންގެ ހިތްވަރުގަދަ ބެލެނެވެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ހުރިހާ ވެރިން ހިމެނޭހެން މި ޖަލްސާ މިހާތަނަކަށް ބޭއްވިފައިވާކަން ހަނދާނަށް ނާންނަ ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުއިއްޒު އަމިއްލަފުޅުގޮތުންވެސް ކީރިތި ގުރުއާނުގެ އިލްމު ރާއްޖޭގައި ފެތުރުމަށް ރައީސް ޑރ. މުއިއްޒު ދެއްވާ އަހައްމިއްޔަތުކަމަކީ އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

“ކީރިތި ގުރުއާންކިޔެވުމުގެ ގައުމީ މުބާރާތައް ދެއްވާ އަހައްމިއްޔަތުކަން، މުޅި ސަރުކާރު އެއްކޮށް ހޯލުގެ ކުރީ ސަފުގައި ތިއްބަވާ ތިއްބެވުމަކީ އެއީ ގުރުއާން ކިޔެވުމުގެ މި ގައުމީ މުބާރާތުގެ ބައިވެރިންނާއި އެ ބައިވެރިންނާއި އެއްކޮށް ތިއްބެވި ހިތްވަރުގަދަ ބެލެނެވެރިންނާއި މުބާރާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް.” ވަޒީރު ޝަހީމު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު މާލެސިޓީގެ މޭޔަރުކަމަށް ހުންނެވި އިރުވެސް ވަރަށް ހިތްގައިމުކޮށް މި މަސައްކަތް ކުރެއްވާފައިވާ ކަމަށާއި މިރޭ ފެނިގެން މިދަނީ ރައީސްގެ ޒައާމަތުގައި ކީރިތި ގުރުއާން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރުމަށް މުހިންމުކަން ދެއްވާނެކަމުގެ ވަރަށް މަތީ ނިޝާނެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންކަމާއި ބެހޭ ވަޒީރުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީމް، މިމުބާރާތުގެ ބައިވެރިއެއްގެ ގޮތުން، ފަނޑިޔާރެއްގެ ހައިސިއްޔަތުން އަދި މުބާރާތްކުރާ މިހާރު ވިލަރެސްކުރާ ވަޒީރުގެ ހައިސިއްޔަތުން ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމަށް މީގެ 36 އަހަރު ކުރިން މިމުބާރާތް ފައްޓަވާދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އެންމެން ވެގެން މިއަދު މަސައްކަތްކުރަންވީ ކީރިތި ގުރުއާން ރީތިކޮށް ކިޔަވާ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރާ ފަދައިން ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ރިވެތި އަހުލާގުގެ މައްޗަށް ތަރުބިއްޔަތުވެފައި އޮތް ޖީލެއް ބިނާ ކުރުމަށް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-