-Advertisement-

-Advertisement-

ފެލިވަރާއި ކޫއްޑޫގައި މަސް ގަތުމުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 5 ބޯޓެއްގެ އޮޕަރޭޝަންސަށް ބަދަލު ގެނެސްފި

ފެލިވަރު ފިޝަރީސް ކޮމްޕްލެކްސް. ފޮޓޯ: އަވަސް

ރާއްޖޭގެ ދެކުނުގައި މަސް ގަތުމަށް އޮޕަރޭޓުކުރާ 4 ބޯޓެއް ފެލިވަރަށް ބަދަލުކޮށް، 100 ޓަނަށް ވުރެ ގިނަ މަސް ގަނޑުކުރެވޭ ފެލިވަރުގެ ބޯޓެއް ކޫއްޑޫއަށް ބަދަލުކުރަން މިފްކޯއިން ނިންމައިފިއެވެ.

މިފްކޯއިން މި ކަން ހާމަކޮށްފައި ވަނީ މި ހަފްތާގެ އަންގާރަ ދުވަހުއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި ރާއްޖޭގެ ދެކުނުގައި މަސް ގަންނަން އޮޕަރޭޓްކުރާ އާރު.އެސް.ޑަބްލިޔު 27.5 ޓަނު ޖާގައިގެ ބޯޓުފަހަރުގެ ތެރެއިން ރަންދި 23، 24، 25، 26، ފެލިވަރުން އޮޕަރޭޓް ކުރާ ބޯޓުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށެވެ. އަދި ކުރިން ފެލިވަރުން އޮޕަރޭޓު ކުރަމުންދިޔަ ޖަޒީރާ-102 މީގެ ފަހުން އޮޕަރޭޓް ކުރާނީ ކޫއްޑޫ ސައިޓުންކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ.

މި ނިންމުމާ ގުޅިގެން މިފްކޯގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޖެނެރަލް މެނޭޖަރު އަޙްމަދު ޒާހިރު ވިދާޅުވީ، މި ބަދަލާ އެކު އިތުރު ބަނދަރުތަކުގައި މަސްގަންނަ ބޯޓު ބާއްވައިގެން ފެލިވަރުގެ ދަށުން އޮޕަރޭޓު ކުރެވޭނެކަމަށެވެ. އަދި އާރުއެސްޑަބްލިޔުގައި ބެހެއްޓިފައި ހުންނަ ތާޒާ މަސް ފެލިވަރަށް ހޯދުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު މަޤްޞަދެއްކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަޒީރާ-102 ކޫއްޑޫއަށް ބަދަލު ކުރުމަކީ، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު އެ ސަރަހައްދުގައި ގަނޑުކުރެވޭ މަސް އިތުރުވާނެ ކަމެއްކަން ޒާހިރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މަސްވެރި މޫސުމުގައި އޮޑިދޯނިފަހަރުތަކުން މަސްކިރުމަށް ހަދާ ކިއު ކުޑަވާނެކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-