-Advertisement-

-Advertisement-

ޔޫއެންއޯޑީސީން ދިވެހި ސަރުކާރަށް 2 ޑްރޯން ހަދިޔާ ކޮށްފި

ޔޫއެންއޯޑީސީން ހަދިޔާ ކުރި ޑްރޯންތައް ހަވާލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ބޭނުން ކުރާނެ ޑްރޯންތަކެއް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން ދިވެހި ފުލުހުންނަށް ހަދިޔާކޮށްފިއެވެ.

ޔޫއެންއޯޑީސީން ހަދިޔާކުރި ޑްރޯންތައް ހަވާލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާ، އެ ކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޔޫއެންޑީއޯސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ޔޫއެންއޯޑީސީގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާއެވެ.

އެ ދެ ޑްރޯންއާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާނެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހުސާނު ވިދާޅުވީ، މި ޑޮރޯންތައް ބޭނުންކުރުމަށް ނިންމާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސް ޑިވިޝަނުންކަމަށެވެ.

މި ޑްރޯންތަކާ އެކު، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މެރިން ޕޮލިހުން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެކަމަށް ފެނިވަޑައިގަންނަވާކަމަށް ވެސް އިހުސާނު ވިދާޅުވިއެވެ. އަދި މި ޑްރޯންތަކާއެކު ކޯސްޓް ގާޑުން ހިންގާ އޮޕަރޭޝަންތަކުގައި މެރިން ޕޮލިހަށް ވެސް އެހީތެރިވެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޔޫއެންއޯޑީސީން ހަދިޔާކުރީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ ޑްރޯންތަކެއްކަމަށާއި މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައިކަމަށް ފުލުހުން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-