-Advertisement-

-Advertisement-

އަނެއްކާވެސް ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލައިފި

ކޭއެފްސީ ރާއްޖެ

މާލޭގައި ހިނގަމުން އަންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައި އެތަނަށް ގެއްލުންދިންތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފިއެވެ.

ފުލުހުން ވިދާޅުވީ، އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ގާބުރިއަކުން ޖަހައި ތަޅާއިލިކަމުގެ ރިޕޯޓް ރޭ ފަތިހު 4:32ހާއިރު ލިބިފައިވާކަމަށެވެ.

މި މައްސަލަޔާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑުތައް ދެ ފަހަރެއްގެ ތަޅާލާފައިވާއިރު، ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މީގެ ކުރިން ވެސް އެތަނަށް ކަޅުތެޔޮ ޖަހައި ކޭއެފްސީ ކުރިމަތީގައި މުޒަހާރާ ކޮށްފައިވެއެވެ. އަދި ކެއެފްސީއަކީ އިސްރާއީލަށް އެހީވާ ކުނފުންޏެއް ކަމަށްބުނެ  އެތަން ބޯއިކޮޓް ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-