-Advertisement-

-Advertisement-

އުދަ އަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ވިއްސާރަވެ ކަނޑުގަދަ ވެފައި ވަނިކޮށް ދަތުރުފަތުރުގައި ނިކުމެ އުޅޭ އުޅަނދުތަކެއް

ރާއްޖެގެ މޫސުން ގޯސްވެ އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

އެގޮތުން މިއަދު 13:15ން 15:00އި ހަމައަށް  ކ. އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށް އެ އިދާރާއިން ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގެ ރަށްތަކަށް އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ކެރީގެ އަސަރުވެސް ފޯރާނެކަމަށް އެ އިދާރާގެ ހުދު ސަމާލުގައިވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ދެކުނާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-