-Advertisement-

-Advertisement-

ފުރަތަމަ ފަހަރަށް މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވައިފި

ބަންގީގެ ވަގުތު ޖެހުމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ބަންގީގެ އަޑު އިއްވަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.

އަބްދުއްރަހީމްގެ މި ނިންމެވުމާއެކު މިއަދު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު ވަނީ އިއްވާފައެވެ.

އެގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރަހީމް ޝުޖާއު ބަހުސް ކުރައްވަމުން ދަނިކޮށް މެންދުރު ވަގުތުގެ ގަޑި ޖެހުމުން މަޖިލީހުގެ ރައީސް ވަނީ މެންބަރު އިބްރަހީމް ޝުޖާއުގެ މައިކުގެ އަޑު ކަނޑާލައްވާ ބަންގީގެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ.

މިއަށްފަހު ބަންގީގެ އަޑު އިއްވުމަށްފަހު، މަޖިލީހުގެ ރައީސް ވަނީ މެންބަރު ޝުޖާއުގެ ބަހުސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވާފައެވެ.

މީގެ ކުރިން ބަންގީގެ ވަގުތަށް މަޖިލިސްގެ ލައިވް މެދުކަނޑާލިކަމުގައިވީ ނަމަވެސް މަޖިލީހުގެ ތަޅުމުގައި ބަންގީގެ އިއްވާފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-