-Advertisement-

-Advertisement-

މިނިވަންދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ!

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅިގެން އެދުވަހު، 2024 ޖުލައި 26 ވަނަ ދުވަހު މާލޭގެ މަގުތަކުގައި އުޅަނދު ދުއްވުން މާނާކޮށްފިއެވެ.

މިކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ފަރާތުން މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި އެހަރަކާތްތައް ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީވެ، އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށްވެސް އެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

އެކި އެކި މުނާސަބަތުތަކާއި ގުޅިގެން މާލޭގައި ހިންގޭ ހަރަކާތްތައް ކުރިއަށްދާ ވަގުތު ތަކުގައި މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އުޅަނދު ދުއްވުން މީގެ ކުރިންވެސް މަނާ ކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-