-Advertisement-

-Advertisement-

ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސްއިން ރައީސްގެ އަރިހަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަސަން ލަތީފްއާ ބައްދަލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ސަރުކާރާއި ގުޅިގެން އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ އިސް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ،  އެ ޕާޓީގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

މި ބައްދަލުވުމަށްފަހު އެ ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވީ، ޤާނޫނު އަސާސީއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެލައްވާ އިސްލާޙުތައްގެނައުމުގެ މައްސައްކަތުގައި ބައިވެރިވާ ބޭނުންކަމަށާއި އެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ޕާޓީގެ ފަރާތުން އެއްބާރުލުން ދޭބެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ.

މީގެ އިތުރުން ޤައުމުގެ އިގްތިޞާދީ ހާލަތު ގޯސްވެފައިވާއިރު މި ސަރުކާރުން އެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގައި ވެސް ޑިމޮކްރެޓްސްގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައިވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހާ ޖެހެންދެން ވެސް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން، ހަސަން ލަތީފް ވެސް ހިމެނޭ ގޮތަށް ވަނީ ރައީސް މުއިއްޒާއި މި ސަރުކާރަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ގޮތުން، މި ސަރުކާރުން ވަޒީފާގެ ބިރު ދައްކާ ކަމަށް ވެސް ޑިމޮކްރެޓްސްއިން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-