-Advertisement-

-Advertisement-

ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި

އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރުހުން ދީފައިވާ މުނައްވަރު - ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭގެ މާލީ އިދާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުސްވެފައިވާ ގަވަރުނަރުގެ މަޤާމަށް އަހުމަދު މުނައްވަރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މާލީ ވަޒީރުކަން ކުރެއްވި އަދި މި ވެރިމުގައި މާލީ ވަޒީރުގެ ޚާއްސަ މުޝީރަކަށް ހުންނެވި މުނައްވަރު ގަވަރުނަރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަސް ލަފާ އެރުވުމަށް ނިންމީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެ ބޭފުޅާއާއި އިންޓަރވިއު ކުރެއްވުމަށްފަހުއެވެ.

ރައްޔިތުގެ މަޖިލިހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ނާޒިމް އެރުވި މި ލަފަޔަށް  ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި މެންބަރުން ވަނީ ތާއީދުކޮށް އެ ހުށަހެޅުމަށް ރުހުން ދީފައެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމުގައި ކުރިން ހުންނެވި އަލީ ހާޝިމް އެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީން ނިންމީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް ތިން ފުރުސަތެއް ދިނުމަށް ފަހުގައެވެ.

ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކޮށް، އެމަގާމަށް މި ސަރުކާރުގެ މާލީ އެޑްވައިޒަރު މުނައްވަރު ހަމަޖެއްސެވުމާއި މެދު ގޮތެއް ނިންމަން ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ފޮނުއްވީ ޖުލައި 22 ވަނަ ދުވަހުގައެވެ

އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އިކޮނޮމިކް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ މުނައްވަރު ވަނީ މީގެ ކުރިން އެމްއެމްއޭގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-