-Advertisement-

-Advertisement-

ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރުމަށް މަޖިލިހުން ފާސްކޮށްފި

މާލީ ވަޒީޜުގެ ޚާއްސަ މުޝީރަކަށް މުނައްވަރު އައްޔަން ކުރައްވައި މަޤާމުގެ ފަތްކޮޅު އެރުވުން

ދިވެހިރާއްޖޭގެ މާލީ އިދާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް އަހުމަދު މުނައްވަރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މާލީ ވަޒީރުކަން ކުރެއްވި އަދި މި ސަރުކާރުގެ މާލީ ވަޒީރުގެ ޚާއްސަ މުޝީރަކަށް ހުންނެވި އަހްމަދު މުނައްވަރު އެމްއެމްއޭގެ ގވަރުނަރުގެ މަޤާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބް ރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއެވެ.

އެގޮތުން ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީން އެ ބޭފުޅާއާއި އިންޓަރވިއު ކުރުމަށްފަހު އިއްޔެ ވަނީ ގަވަރުނަރުގެ މަޤާމަށް މުނައްވަރު އައްޔަންކުރުމަށް އެ ކޮމެޓީން ފާސްކޮށް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފައެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރުމާއި މެދު އެހުނު ވޯޓުގައި މަޖިލިހުގެ ތަޅުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 78 މެމްބަރަކު ވަނީ އެ މަޤާމަށް މުނައްވަރު އައްޔަން ކުރުމަސް ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

އިއްޔެ ކުރިއަށް ދިޔަ އިންޓަރވިއުގައި މުނައްވަރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް ނުވަތަ އިތުރަށް ފުޅާކުރުމުގައި އެންމެ މުހިންމު އެއް ބޮޅަކީ މާލީ ދާއިރާއަށް ވުމުން، ރާއްޖޭގެ މާލީ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށެވެ.

އެގޮތުން އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަންކޮށްފިނަމަ ޤާނޫނާއި ގަވައިދުގެ ތެރެއިން މާލީ އިދާރާ، އެމްއެމްއޭ އެހެން ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ ސަރުކާރުން އަންގާހާ ގޮތަކަށް އެބޭފުޅާ ޢަމަލު ނުކުރައްވާނެ ކަމަށާއި ގަވާއިދާއި އުސޫލުތަކުން ކަންކަން ކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވާނަމަ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވައި އެފަރާތްވުމުގެ ހިތްވަރެ އެ ބޭފުޅާގެ ހުންނަވާނެކަމަށެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރެއްވުމުންނެވެ.

އެ މައްސަލަވެސް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބްރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-