-Advertisement-

-Advertisement-

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤުގެ ބަޔޯގްރަފީ ރައީސް ނެރުއްވައިދީފި

ފުއާދު ތައުފީގުގެ ބަޔޯގްރަފީ ނެރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -ފޮޓޯ/ ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތަޢުފީޤުގެ ހަޔާތުގެ މައްޗަށް ލިޔެ ތައްޔާރުކޮށްފައިވާ ބަޔޯގްރަފީ “ގޮތުގައި”، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މިއަދު ނެރުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިޔާތެއްގައި މި ފޮތް ރައީސް ނެރުއްވައިދެއްވިއިރު، “ގޮތުގައި” މި ފޮތަކީ ފުއާދުގެ ޒާތީ ޙަޔާތްޕުޅާއި ޚިދުމަތުގެ ޙަޔާތްޕުޅާ ގުޅޭ ހުރިހާ ތަފުސީލެއް ހިމެނޭހެން ލިޔެފައިވާ 190 ޞަޕްޙާގެ ފޮތެކެވެ.

ވަކިން ޚާއްސަކޮށް އެންމެ ފުރަތަމަ ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންދިޔަ ދުވަސްވަރުގައި އެ މަސައްކަތުގައި ފުއާދު ކުރެއްވި ޚިދުމަތްތަކާއި ވަކިން ޚާއްސަކޮށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސެއްގެ ގޮތުގައި ހުންނަވާ ދިވެހި ޤައުމާއި ޑިމޮކްރަސީގެ ޙަޔާތަށް ފުއާދު ކޮށްދެއްވި އަގު ނުކުރެވޭ ޚިދުމަތްތަކުގެ ވާހަކަތައް މި ފޮތުގައި ލިޔެފައިވެއެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ސާއިލް އަލީ ލިޔުއްވި މި ފޮތް ނެރުއްވައިދެއްވައި ފުއާދު ވަނީ އެ ފޮތުގެ ކޮޕީއެއް ރައީސަށްއަރުވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-