-Advertisement-

-Advertisement-

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ފަލާހު!

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް

މަޖިލިހުގެ ދާއިމީ  ކޮމިޓީއެއްގެ ގޮތުގައި އުފެއްދި “ގެދޮރުވެރިކަމުގެ ކޮމިޓީ” ގެ މުގައްރިރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އައްޔަން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ޕާލިމެންްޓްރީ ގްރޫޕްގެ ލީޑރުކަންވެސް ކުރައްވާ ފަލާޙް އެ ކޮމެޓީގެ މުގައްރިރުކަމުގެ މަޤާމަށް އިއްޔެ އައްޔަން ކުރެއްވިއިރު، ނައިބު މުގައްރިރެއްގެ ގޮތުގައި އައްޔަންކުރެއްވީ،  ހެންވޭރު ދެކުނު ދާއިިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ.

“ގެދޮރުވެރިކަމުގެ ކޮމިޓީ” ގެ މެމްބަރުން:

  • މުގައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް
  • ނައިބު މުގައްރިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް
  • ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
  • މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރް
  • މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
  • ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
  • ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާވޫދް
  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނާޒިލް
  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން
  • ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު

އަލަށް އެކުލަވާލެވުނު މި ކޮމެޓީއަކީ ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި މަސައްކަތްތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުން އުފެއްދި ކޮމެޓީއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-