-Advertisement-

-Advertisement-

މާލޭގައި ބިދޭސީންތަކެއްގެ ދެމެދުގައި މާރާމާރީއެއް، ދެ މީހަކަށް އަނިޔާވެއްޖެ

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

މާރާމާރީތައް މާލޭގައި ގިނަވެފައިވަނިކޮށް މިފަހަރު ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، އަސްރަފީ މަގުގައި ބިދޭސީންތަކެއް މެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 12:33 ހާއިރު އެ ބޭފުޅުންނަށް ލިބިފައިވާކަމަށާއި މާރާމާރީ ހިނގި ސަރަހައްދުން 5 މީހަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައިވާކަމަށެވެ.

އަދި މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލައިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާއިރު އެ މީހުންނާއި ގުޅޭ ގިނަ މައްސަލަތަކެއް ވެސް ދަނީ ފެންމަތިވަމުންނެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީއަށް ބަލާއިރު ގިނައީ ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ މީހުނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-