-Advertisement-

-Advertisement-

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަނީ

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ / ފޮޓޯ: ވަން

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ނިންމައި އެ ފުރުސަތަށް ހުޅުވާލައިފިއެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީންވަނީ އިއުލާނެއްގައި އެމާޖެންސީ ޚިދުމަތާއި ފަތުރުވެރިކަމުގެ ދާއިރާ ޚިދުމަތް ކުރިއެރުވުމުގެ ގޮތުން ހެލިކަޕްޓަރު ޚިދުމަތަކަށް އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މި ޚިދުމަތަކީ ހެލިކަޕްޓަރު މެދުވެރިކޮށް އެއާ އެމްބިއުލާންސް ޚިދުމަތާއި މީހުން ހޯދައި ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ފަތުރުވެރިން އުފުލުމުގެ މަޤްސަދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ހުއްދަ ދެވޭ ފަރާތްތަކަށް އެ ހުއްދައާއެކު، ފަތުރުވެރިން ހެލިކަޕްޓަރުގައި އުފުލަން 10 އަހަރުގެ އެކްސްކްލޫސިވް އެއްބަސްވުމެއް ދޭނެކަމަށް އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

ހަމައެޔާއެކު  އީއޯއައި މަރުހަލާއަށް ފަހު، ޕްރޮޕޯޒަލް ހުށަހެޅުމުގެ މަރުހަލާ ފެށޭނެކަމަށާއި އެ ޕްރޮޕޯޒަލް ހަދަން ޖެހޭނީ މިނިސްޓްރީން ކަނޑައަޅައިފައިވާ އިސްތިރާޖީ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އިއުލާނުގައިވެއެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތަށް އެދި ހުށަހަޅާ އިއޯއައިތައް  އީމެއިލް މެދުވެރުކޮށް ނުވަތަ މިނިސްޓްރީ ހިންގާ އުމަރު ޒާހިރު އޮފިސް އިމާރާތުގެ ތިން ވަނަ ފަންގިފިލާއަށް ހުށަހެޅޭނެއެވެ.

އިއޯއައިތައް  ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ 14:00ވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-