-Advertisement-

-Advertisement-

ރަސްފަންނުން ދަބަހެއް ވަގަށް ނެގި 2 މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފި

ރަސްފަންނުން ދަބަހެއް ވަގަށް ނެގި 2 މީހަކު ސީސީޓީވީ ފުޓޭޖްގެ އެހީގައި ހޯދައި، ދަބަހުގެ ޙައްޤުވެރިއާއަށް އެ ދަބަހުގައި ހުރި ތަކެތި ރައްދުކޮށްދީފިއެވެ.

ފުލުހުން މި ކަން ހާމަކޮށްފައި ވަނީ އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއް މެދުވެރިކޮށެވެ. ފުލުހުން ބުނީ މި މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުން ޕެޓްރޯލް ކުރަމުން ދިޔަ ވަގުތުގައިކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ކަން ހިނގާފައިވަނީ އިއްޔެ ހެނދުނު 10:50 ހާއިރެވެ. ރަސްފަންނަށް މޫދަށް އެރި އުޅުނު ބައެއްގެ އަތްދަބަސް ގަސްތައް ކައިރީގައި ބާއްވާފައި އޮތްވައި ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު އެ ސަރަހައްދުން ބަޔަކު ފުލުހުންނަށް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ފެނިފައިވަނީ މަޖީދީ މަގާއި ދިލްބަހާރު މަގު ގުޅޭ ހިސާބުން 11:50 ހާއިރުކަމަށް ފުލުހުން ނުބެއެވެ. އެ މީހުން އެ ވަގުތު ހައްޔަރުކޮށްފައިވާކަމަށާއި ވަގަށް ނެގި އަތްދަބަސް އެ މީހުންގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ދަބަހުގައި ދެ މޯބައިލް ފޯނު ވެސް އޮތްކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ދެ މީހުން:

  • ތ. ތިމަރަފުށި، ލަކީހައުސް، ޞަފްވާން ޢަލީ (36އ)
  • ގއ. ވިލިނގިލި، ޒިއުރިކުވިލާ، ޙަސަން ތައުފީޤް (40އ)

މި މައްސަލަ ފުލުހުން އަނަންނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-