އަށްވަނަ މައިލޯ އިންޓަރ އޮފީސް/ކޮންޕެނީ ހޭންޑްބޯޅަ މުބާރާތް 2024 އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.
މި މުބާރާތުގައި ޖުމްލަ 32 ޓީމުން ބައިވެރިވެއެވެ. ދެ ޑިވިޝަނަކަށް ބަހާލެވިގެން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ފިރިހެން 4 ޓީމާއި އަންހެން 6 ޓީމު ބައިވެރިވާނެއެވެ. އަދި ދެވަނަ ޑިވިޝަނުގައި ފިރިހެން 12 ޓީމާއި އަންހެން 20 ޓީމު ބައިވެރިވާނެއެވެ.
މި އަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްޑަބްލިއުއެސްސީއާއި ވެމްކޯއެވެ.
ފުރަތަމަ ޑިވިޝަނުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
މިއީ އޮފީސް ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ހޭންޑްބޯޅަ މުބާރާތެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބު އެމްޕީއެލްއިން ހޯދިއިރު، އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.