މަންމައަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
އެގޮތުން މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ، އޭނާ ތަކުރާރުކޮށް އެ އަމަލު ހިންގައިފާނެ ކަމަށް ބެލެވޭ ކަންތައްތަކެއް ހުރުމުން 15 ދުވަހަށް އެ މީހާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އޭނާގެ ބަންދު އަމުރުގައި ވާގޮތުން އެ މީހާ އޭނާގެ މަންމައަށް ގެވެށި އަނިޔާކޮށް، މާރާމީ ހިންގި ކަމުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ވަނީ ލިބިފައެވެ. އަދި ފުލުހުންގެ ފަރާތުން ހުށަހެޅި ބަޔާންތަކުން މަންމައަށް އަނިޔާއެއް ދިން ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައިވެއެވެ.