ކުރިއަށް އޮތް 72 ގަނޑިއިރުގެ ތެރޭގައި މާލެ ސިޓީ އަށް އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް “އަލް-ޖަޒީރާ” ގެ ބައިނަލްއަގުވާމީ މޫސުމާ ބެހޭ ޚަބަރުގައި ލަފާކޮށް ބުނެފި އެވެ.
އަލް ޖަޒީރާއިން ހުށަހަޅާއިދޭ މޫސުމާއިބެހޭ ޚަބަރުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 72 ގަނޑިއިރު އެއީ އަންގާރަދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް މާލެއަށް ބޯކޮށް ވާރޭ ވެހޭނެ އެވެ.
https://twitter.com/JHarringtonTV/status/1822921444864475458
ޚަބަރު ހުށައަޅައިދިން ނިއުޒް ޕްރެޒެންޓަރު ޖެފް ހެރިންގްޓަން ބުނެފައިވާ ގޮތުގައި ކުރިއަށް ތިން ދުވަހު އެއްމަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ އަންގާރަ ދުވަހު ކަމަށެވެ.
މީގެއިތުރުން ދެކުނު އިންޑިއާއިން ކެރެލާއަށާއި ސްރީ ލަންކާ އަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.