-Advertisement-

-Advertisement-

ހިލޭ ޤާރީ ކްލާސްތައް ހިންގުމަށް 20 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފި: ޝަހީމް

ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް ސޯޝަލް އެކޮމީ ފޯރަމްގައި ވާހަކަ ދައްކަވަނީ – ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މިސްކިތްތަކުގައި ހިލޭ ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދުމަށް ހުޅުވާލި ފުރުޞަތަށް 20 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އެދި އިއުލާނު ކުރީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިސްކިތްތަކުގައި 2 ނަމާދު ދޭތެރޭގައި ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ހުއްދަ ވެސް ވަރަށް އަވަހަށް ދިނުމަށް ނިންމާފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިއުލާނުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-