-Advertisement-

-Advertisement-

އޮކްޓޯބަރު 1 ފެށިގެން އާސަންދަ ލިބޭނީ އިންޝިއުރެންސް އިން ކަނޑާފައި: ހީނާ ވަލީދު

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިތުރު އިންޝުއަރެންސް ސްކީމެއް ނަގާފައިވާނަމަ، އާސަންދަ ހިދުމަތް ލިބިގެންދާނީ އިންޝިއުރެންސް ސްކީމަށް ކެނޑުމަށްފަހު ކަމަށް އެންސްޕާގެ ސީއީއޯ، ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ބައެއް ކަހަލަ ބަދަލުތައް ގެނެސް، އާސަންދަ ނިޒާމު ރީފޯމްކޮށް އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާސަންދަ އިމްޕްލިމެޓް ކުރަން ފަށާނެ ކަމަށާއި އެއާއި އެކީ އެފަދަ ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމީޓީގައި”ޑަބަލް އިންޝުއަރެންސް” ނުވަތަ އެހެން އިންޝުއަރެންސް ސްކީމްތަކުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އާސަންދަ ލިބޭތީ އާއި އެކަމާއި ގުޅޭ ގޮތުން އާސަންދައިން ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ އާސަންދަ ނިޒާމު ރީފޯމް ކުރެވުމުން އެހެން އިންޝުއަރެންސެއް ނަގާފައި ހުރި ބޭފުޅަކަށް އާސަންދަ ލިބިގެންދާނީ އެ އިންޝުއަރެންސަކުން ކެނޑުމަށްފަހު ކަމަށެވެ.

އެގޮތުން ހީނާ ވިދާޅުވީ ބިލެއް ކްލިއަރ ކުރާއިރު، އިތުރު އިންޝުއަރެންސަކުން ބިލް ކްލިއަރ ކުރުމަށްފަހު ދެން އާސަންދަ ނުވަތަ އެންސްޕާގެ ތެރެއިން ބާކީ ކްލިއަރ ކުރެވޭ ގޮތަށް ހެދޭނެ ކަމަށެވެ

“އަޅުގަނޑުމެން މިހާރު ވެލްފެއާގެ ޕޮލިސީއާއި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތަކެއް ގެންނަން އެބަ މަސައްކަތް ކުރަން. ޑްރާފްޓަކެއް މިހާރު އެކުލަވާލެވި، ވަރަށް އަވަހަށް ކެބިނެޓަށް އަޅުގަނޑުމެން ޕޭޕަރު ހުށަހަޅާނަން، އެ ގެންނަ އިސްލާހުތަކާއި އެކީގަ” ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ އެންސްޕާއިން ސޯޝަލް ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށާއި މިމަސައްކަތުގެ ތެރެއިން ކޮންމެ ގޭބީސީއެއްގެ މައުލޫމާތާއި މީހުންގެ މައުލޫމާތު ނެގިގެންދާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-