ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި މޫސުން އިތުރަސް ގޯސްވެ ކަނޑުތައް ގަދަވަނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ ސަރަހައްދަށް މޫސުމާއި ބެހޭ ޤައުމި އިދާރާއިން ހުދު ސަމަލު ނެރެފިއެވެ.
އެ އިދާރާއިން މިއަދު 7:00ން 13:00އި ހަމައަށް ހއ އަތޮޅުން ބ އަތޮޅާއި ދެމެދުގެ ސަރަހައްދަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި އެ ސަރަހަށްދަށް ގުގުރުމާއި ބޯކޮށް ވާރޭ ވެހޭނެކަމަށާއި ގުގުރުމާއެކު ވައިވެސް ގަދަ ވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓުން ވިދާޅުވިއެވެ.
މީގެ އިތުރުން ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހަށްދަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.
މިއަދުގެ ހެނދުނު 6:30ން 12:30އި ދެމެދަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ،
ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް މޫސުން ގޯސްވެފައިވާއިރު ވިއްސާރަވެ ކަނޑު ދަތުރުކުރަ ފަރާތްތަކުން ކަނޑުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.