ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ގެއްލުންވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، މީހުންގެ މުދަލަށާއި ގެދޮރަށް އެކި ކަހަލަ ގެއްލުން ވަމުންދާއިރު، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށާއި ސަރުކާރުން އެންމެ އިސްކަމެއް ދީގެން އެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
“މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވަން.” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިފަދަ ގަދަ ވިއްސާރައިގެ ސަބަބުން އާއްމު ދިރިއުޅުމަށާއި މީހުންގެ ގެދޮރަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ކުރަންޖެހޭ ކަންކަން އެންމެންގެ އެއްބާރުލުމާއިއެކު ކުރުމުން ނަތީޖާ ނެރެވޭނެ ކަމަށެވެ.
މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވަން.
— Dr Mohamed Muizzu (@MMuizzu) August 13, 2024
އަދި މިފަދަ ގަދަ ވިއްސާރާގައި ޢާއްމު ދިރިއުޅުމަށާއި…
ރައީސް ވިދާޅުވީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ. އަދި މިމަޝްރޫޢު ނިމޭއިރު، މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.