މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ހިސާބަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ލ އަތޮޅަށް މިއަދު ހަވީރު 17:00 އިން ފެށިގެން 21:00 އަށް ރީނދޫ އިންޒާރު ނެރެފައެވެ. އެއިދާރައިން ބުނެފައިވާ ގޮތުގައި މިއަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލަ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
Alert Yellow extended from Haa Alifu Atoll to Laamu Atoll. pic.twitter.com/4oTnOdHq2g
— Maldives Meteorology (@MetMaldives) August 13, 2024
މީގެއިތުރުން އެއިދާރާއިން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ މިއަދުގެ ހަވީރު 16:10 އިން ފެށިގެން މިރޭ 20:30 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.
Alert yellow for torrential rain pic.twitter.com/q1tbclLaUY
— Maldives Meteorology (@MetMaldives) August 13, 2024
ރާއްޖޭގެ ބޮޑު ހިސާބަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވެސް އެއިދާރާއިން ވަނީ ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީވެ އޮރެންޖު އިންޒާރު ނެރެފަ އެވެ.