-Advertisement-

-Advertisement-

ފެންބޮޑުވުމުގެ ސަބަބުން މާލޭގެ 208 ގެއަކަށް އެހީތެރިވެއްޖެ

ފޮޓޯ: މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

މޫސުން ގޯސްވެ ވިއްސަރާވުމުގެ ސަބަބުން މާލެއަށް ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވުމާއި ގުޅިގެން މިހާތަނަށް 208 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މާލެއަށްކުރި ވިއްސާރައާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އެކިއެކި މުއައްސަސާތައް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 208 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ މާލޭގެ 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާއިރު، 6 ސަރަހައްދެއް އާންމު ހާލަތައް ގެނެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި ޕަންޕުގެ އެހީގައި މިހާތަނަށް 12016000 ލީޓަރުގެ ފެން ބޭރުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެއިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކުގެ ހާލަތު ދެނެގަނެ، އެކަންކަމަށް ހައްލެއް ހޯދުމަށްޓަކައި ރައީސް ޗެއާރ ކުރައްވާ ގޮތަށް ހާއްސަ ޓާސްކް ފޯސްއެއް ވެސް ވަނީ އެކުލަވާލާފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-