-Advertisement-

-Advertisement-

މަސްތުވާތަކެތި އެތެރެ ކުރުމުން މަރުގެ އަދަބު ދޭން ގާނޫނަށް އިސްލާހު ގެންނަނީ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން. ފޮޓޯ: ރައީސް އޮފީސް

ފައްސަތޭކަ ގްރާމަށް ވުރެއް އިތުރަށް މަސްތުވާތަކެތި އެތެރެކޮށްފި މީހަކަށް އަދަބުގެ ގޮތުގައި މަރުގެ އަދަބު ކަނޑައަޅާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ބިލެއް ހޯމް މިނިސްޓްރީން ޑްރާފްޓްކޮށްފިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހޯމް މިނިސްޓްރީން ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައި ވަނީ މަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗެއް (ޖަދުވަލު 1) 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ އެމީހަކަށް މަރުގެ އަދަބު ދިނުމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާއި ބެހޭ ގާނުނުގައި ކަނޑައަޅާފައިވާ ގޮތުގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުން ނުވަތަ 100،000 ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި ވަނީ މަރުގެ މައްސަލަތަކަށް އެކަންޏެވެ. އެހެންނަމަވެސް މަރުގެ މައްސަލަތަކުގައި މަރުގެ ޙުކުމް ކުރި ކަމުގައިވީ ނަމަވެސް ތަންފީޒު ކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-