-Advertisement-

-Advertisement-

ކޯޓު އަމުރަކާއި ނުލާ ބަލާފާސް ކުރެވޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާށް އިސްލާހު ގެންނަނީ

ހޯމް މިނިސްޓަރު އަލީ އިހްސާން /ފޮޓޯ: މިހާރު

ކޯޓު އަމުރަކާނުލާ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަންތަން ބަލާ ފާސްކުރެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް މިއިސްލާހު ގެނައުމަށް ހޯމް މިނިސްޓްރީން ބިލެއް ޑްރާފްޓް ކޮށްފައިވާއިރު، މިބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ވަކި ސަބަބުތަކެއް ޔަޤީނާ ގާތްކުރެވޭ މިންވަރަށް، އެތަނެއްގައި ވާކަމަށް ފުލުހުންނަށް ބެލެވޭނަމަ، ކޮމިޝަނާ އޮފް ޕޮލިސްގެ ހުއްދަ ލިޔުމުން ލިބިގެން ކޯޓު އަމުރަކާ ނުލައި އެތަނަކަށް ވަދެ އެ ތަނެއް ބަލާފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާކަމަށެވެ.

މީގެއިތުރުން މިފަދަ ހާލަތެއްގައި ކޯޓު އަމުރަކާއި ނުލާ ފުލުހުން އެތަނަކަށް ވަންނަ ވަގުތުން ފެށިގެން ނިކުމެވެންދެން މެދުކެނޑުމެއް ނެތި ބަލާފާސްކުރާތަން ފެންނާނެހެން ވީޑިއޯ ކުރަންވާނެ ކަމަށް އެބިލުގައި ބުނެފައިވެއެވެ.

މިފަދައިން ބަލާ ފާސް ކުރުމުގެ ތެރޭގައި ހޯދާ އެއްޗެއް އެހެން މައްސަލައެއް ސާބިތުކުރުމުގައި ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މިބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މިފަދައިން ބަލާ ފާސްކުރުމުގެ ތެރޭގައި ހެކީގެ ގޮތުގައި ބޭނުން އެއްޗެހި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި:

  • މިޤާނޫނުގައި ކުށެއްކަމަށް ބަޔާންކުރާ ކުށެއް ސާބިތުކުރުމަށް ނެގޭ ހެކިތައް
  • ފަޔާ އާމްސް
  • އެކްސްޕްލޯސިވްސް

މިބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޯޓު އަމުރަކާއި ނުލައި ތަނަކަށް ވަދެ ބަލާ ފާސް ކުރުމަށްފަހު އުފެދޭ މައްސަލައެއްގައި އެތަނަށް ވަތް ވަނުން ބިނާކުރި ސަބަބަކީ ކޮބައިކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނަނީ ފުލުހުންގެ މައްޗަށެވެ.

ހޯމް މިނިސްޓްރީން މަސްތުވާތަކެއްޗާއި ބެހޭ ބިލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި 500 ގްރާމަށް ވުރެއް އިތުރަށް މަސްތުވާތަކެތީގެ ގޮތުގައި އެގާނޫނުގެ ޖަދުވަލު 1 ގައި ކަނޑައަޅާފައިވާ ބާވަތެއް އެތެރެ ކުރާ މީހެއްގެ މައްޗަށް އަދަބެއްގެ ގޮތުގައި މަރުގެ އަދަބު ކަނޑައެޅުން ހިމެނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-