-Advertisement-

-Advertisement-

ގާލްގައިޑުން ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދޭ: ސާޖިދާ

ފޮޓޯ: ރައީސް އޮފީސް

ގާލްގައިޑް ހަރަކާތުގައި ބައިވެރިވެގެން ގިނަ އަންހެން ދަރިވަރުންތަކެއް ބިނާވެގެން ދިއުމަކީ ގައުމަށް ވަރަށް ބޭނުންތެރިކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރައްވާ ވަހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ގާލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ އާއިލާތަކާއި މުޖުތަމައަށް އަދި މުޅި ގައުމަށް ކުރާނެ ކަމަށެވެ.

ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި ބައިވެރިވި ދަރިވަރުންނާއި މުޚާތަބުކުރައްވާ ސާޖިދާ ވިދާޅުވީ މި ކޭމްޕްގެ ތެރެއިން ގައުމު ފުރިހަމައަށް ތަމްސީލުކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަހުރުވެރި ދިވެހި ދަރީންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ މިކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވެވާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-