ދަންވަންދެން ރޭގަނޑު ފިލްމު ނުވަތަ ޓިކްޓޮކް ބަލަން ވަގުތު ހޭދަކުރުން ކިތަންމެ ފޫހިފިލިޔަސް މިއީ މީހާގެ ނިންޖަށް ނޭދެވޭ އަސަރުކުރާކަމެކެވެ. މީގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކެއް ހަށިގަނޑަށް ކުރެއެވެ. މި އާޓިކަލްގައި ހިއްސާކޮށްލަނީ އަވަހަށް ނިދުން އާދަކުރާނަމަ ހަށިގަނޑަށް ލިބޭ 5 ފައިދާއެވެ.
ބަރުދަން ރަނގަޅުކޮށް ދިނުމަށް އެހީވެދޭ
ދިރާސާއިން ދައްކާ ގޮތުގައި ބަރުދަން އިތުރުވުމާއި މަދު ވަގުތުކޮޅަކަށް ނިދުމާއި ގުޅިފައިވެއެވެ. ސައިސްވެރިން ބުނާގޮތުގައި ގިނަ އިރު ނުނިދާ ހުންނަނަމަ މީހާގެ ބަރުދަން އިތުރުވެ މީހާގެ ހަށިގަނޑުގައި ކަންނެތްކަން އިތުރުވެގެން ދެއެވެ. އަދި ރޭގަނޑު ލަސްވަންދެން ހޭލާ ހުންނަނަމަ ބަނޑުހައިވެ ނުރަނގަޅު ތަކެތި ކެވޭގޮތްވެއެވެ.
ގިނަގިނައިން ރޯގާ ޖެހުމުން ދުރުކޮށްދޭ
ނިދި މަދުން ލިބޭ މީހުން ބަލި ޖެހުމުން އެ ބަލި ފަސޭހަވުމަށް ގިނަދުވަސް ނަގައެވެ. ގަޑިން ގަޑިއަށް ހަށިގަޑަށް ބޭނުންވާވަރަށް ނިދިލިބޭނަމަ ހަށިގަނޑުގެ އިމިއުން ސިސްޓަމް ވަރުގަދަ ކޮށްދޭން ހަކަތަ ގައިގާ ހުންނާނެއެވެ.
ނުރައްކާތެރި ބަލިތަކުން ރައްކާތެރިވޭ
ޑައިބެޓީސް، ސްޓްރޯކް ނުވަތަ ޕްރެޝަރ މަތިވުން ފަދަ ބަލިތަކަކީ މުޖްތަމައުގާ ވަރަށް އާންމު ބަލިތަކެކެވެ. މިހާ ނިދާފައި އޮންނަ ވުގުތުތަކުގައި ހަށިގަނޑު ހޭލާ މީހާގެ ލޭނާރުތަކާއި، ހިތާއި ސިކުނޑީގެ މައްސަލަތަށް ރަނގަޅުކޮށްދޭން ފަށައެވެ. އެހެންކަމުން ހަމަނިދި ނުލިބެންޔާ ހަށިގަނޑުގެ ބައިތަށް ރަނގަޅުނުވަ އިތުރަށް ގޯސްވެގެން ދާނެއެވެ.
ދުވާލުގައި ނިންމަން ޖެހޭ ކަންކަން ނިންމަން ފަސޭހަވުން
އަވަހަށް ހޭލާނަމަ މީހާއަށް ގިނަވަގުތު ދުވާލުގަޑީގައި ލިބިގެން ދާނެއެވެ. އަދި މިފަދަ ކަންކަން ކުރަން ދުވަހުގެ ކުރީކޮޅުގައި ފެށުމަށް އެހީތެރިވެދޭނެއެވެ.
އުފާވެރިކަން އިހުސާސްވުން
މަދުން ނިދިލިބޭނަމަ ހިތާމަވެރިކަން އިހުސާސްކުރެވޭނެއެވެ. ދިރާސާއަކުން ދައްކާގޮތުގައި ރޭގަނޑު ލަސްވަންދެން ހޭލާ ހުންނަނަމަ ދެރެވާ ކަންކަމާއި މެދު ވިސްނުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ. ސައިކޮލޮޖިސްޓުން ލަފާ ދެއްވާގޮތުގައި ސިކުނޑި ހަމަޖައްސާލާ ކަންކަން ހައްލުކުރަން ފަސޭހަ ވެއެވެ.
ހަށިގަނޑަށް ނިދިލިބުމަކީ ނުރައްކާތެރި ކަންކަމުން ހަށިގަނޑު ރައްކާތެރިކުރުމަށް ކޮށްލެވޭނެ އެންމެ ފަސޭހަކަމެވެ. އެވަރެޖްކޮށް 8-7 ގަޑިއިރުގެ ނިދި ކޮންމެ ރެއަކު އިންސާނަކަށް ބޭނުންވެއެވެ.