-Advertisement-

-Advertisement-

ރިޒާވް ހުސްވި ކަމަށް ދެކެވޭ ވާހަކަ އެމްއެމްއޭއިން ދޮގުކޮށްފި

މާލޭގައި ހުންނަ އެމްއެމްއޭ ހެޑްކޮއައާޓަރސް

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ހުސްވި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ބޭނުން ކުރެވޭ ރިޒާވްގެ މައުލޫމާތު އެއޮތޯރިޓީއިން ކޮންމެ މަހަކު ޝާއިއު ކުރާ ކަމަށެވެ. އަދި ޒިރާވް ހުސް ނުވާކަމަށް ވެސް އެއޮތޯރިޓީން ބުނެފައިވެ އެވެ.

މީގެއިތުރުން އޯގަސްޓް މަސް ނިމޭއިރު ޖުލައި މަސް ނިމުނުއިރަށް ވުރެއް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ހުރި މިންވަރަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭއިން ވަނީ ހަގީގަތާއި ހިލާފަށް މިފަދަ ކަންކަމާއި ގުޅޭ ޚަބަރު ގެނެސްދިނުމަކީ އެއޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެމްއެމްއޭގެ އިތުރުން އިކޮނޮމިކް މިނސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-