-Advertisement-

-Advertisement-

ބިދޭސީން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ހުރިހާ ކުންފުންޏެއް ތަހްގީކުރާނަން: މިނިސްޓަރު އިހްސާން

ފޮޓޯ: ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

ބިދޭސީން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ހުރިހާ ކުންފުންޏެއް ތަހްގީކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މިއަދު ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީ ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ ވިޔަފާރިކުރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަޒީފާ އާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާނެ ކަމަށެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ އިސްލާހު އޮތީ ފާސްކުރުމުގެ މަރުހަލާގައި ކަމަށާއި މި މައްސަލަ ސަރުކާރުން ވަރަށް ހައްސާސްކޮށް ބަލަމުން ދާނެ ކަމަށެވެ.

“އަޅުގަނޑުމެން ހަދާ ދިރާސާތަކުން އެބަ ފާހަގަކުރެވޭ ބިދޭސީން ރާއްޖެ ގެނެސް މަސައްކަތްކުރުވާފަވާ ފަރާތްތަކުން ގަވައިދުން ސަރުކާރަށް ފީ ނުދައްކައި، ގިނަ އަދަދެއްގެ މީހުން ވަނީ ފިލާފަ ކަމަށް ރިޕޯޓުކޮށް ގިނަ އަދަދެއްގެ މީހުން ތިމަންނަމެންނަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނަމުންދާ މައްސަލަތައް، މިއިން ކޮންމެ ކުންފުންޏެއް އަޅުގަނޑުމެން ތަހްގީގުކުރާނަން،” މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަދަ ފަރާތްތައް ދެނެގަނެވިފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެފަދަ ފަރާތްތަކަށް އެ ސިސްޓަމުން ދެމުންދާ ހިދުމަތްތައް މި މަހުގެ ނިޔަލަށް ހިފަހައްޓާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެފަރާތްތަކުގެ މައްސަލަ ތަހްގީގު ކުރުމަށް ފުލުހުންނާއި ހަވާލުކުރާނެ ކަމަށާއި ގަވައިދާ ހިލާފަށް ކުރަމުންދާ ވިޔަފާރިތައް ދެނެގަނެ މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-