މި އަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުގެ ފަރާތުން ރަސްމީކޮށް ފާހަގަ ކުރާ ރަށަށް ބ ތުޅާދޫ ހަމަޖައްސައިފިއެވެ.
އެގޮތުން މިއަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުގެ ފަރާތުން ރަސްމީކޮށް ތުޅާދޫގައި ފާހަގަކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ގުޅިގެން މަޝްވަރާ ކުރުމަށްޓަކައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަފުދެއް ތުޅާދޫއަށް ޒިޔާރަތްކޮށްފައިވާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކެޔޮޅުންގެ އެވޯޑްގެ ނަމުގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ވުޒާރާއިން ހުޅުވާލައިފައިވާއިރު، މީގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް މި ދުވަހާއި ގުޅުވައިގެން ކުރުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން އަންނަނީ ރާވަމުންނެވެ.
ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.