ރާއްޖޭގެ މާލީ ހާލަތު ދުވަހަކުން ދުވަހަކަށް ދަށަށްގޮސް މާލީހާލަތު ފެއިލްވަމުންދަނީ ސަރުކާރުގެ ނާގާބިލު ކަމުން ކަމުގައި ނިމިދިޔަ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިފަދައިން ވިދާޅުވެފައިވަނީ އެމްޑިޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރާއްޖޭގެ ރަސްމީ ރިޒާވް މިއިން ދުވަހަކުވެސް ދަށްނުވާ ވަރަށް ދަށްވެފައިވާކަމަށް ވިދާޅުވެ އަމީރު ވަނީ، މި ސަރުކާރުގެ ނާޤާބިލުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ ހާލަތު މުޅިން ކަށިޔާރުވަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން މި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައިވެސް އަދި ރަޝިޔާ ހަނގުރާމަ، އަދި ކޮވިޑު-19 ފަދަ ބޮޑެތި ހާލަތްތަކުގައި ވެސް ރާއްޖޭގެ އިޤްތިޞާދު ދަށަށް ގޮއްސައިނުވާ މިންވަރަށް މިހާރު ދަށަށްގޮއްސައިވާކަމުގެ ކަންބޮޑުވުން އަމީރު ވަނީ ފާޅުކުރައްވައިފައެވެ.
މިއީ ނާގާބިލް ކަމުން ހިންގަން ނޭނގުމުގެ ސަބަބުން ދިމާވާ ކަންކަން. މިއީ ކަންބޮޑުވާން ޖެހޭފަދަ ހާލަތެއް – އަމީރު
ހަމައެޔާއެކު އަމީރު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވެރިކަން ނިންމައި މި ސަރުކާރާ ވެރިކަން ހަވާލުކޮށްފައިވަނީ ރާޢްޖޭގެ އިގުތިޞާދީ ހާލަތު ކުރިއަށްވުރެ ރަނގަޅު ކުރުމަށްފަހު ނަމަވެސް މި ސަރުކާރުން ވެރިކަމާއި ހަވާލުވެގެން ފާއިތުވި ނުވަމަސް ދުވަހުގެ ތެރޭގައި ޤައުމުގެ އިޤްތިޞާދީ ހާލަތު މުޅިން ގޯހުން ގޯހަށް ގޮއްސައިވާކަމުގައި ވިދާޅުވެފައެވެ.