ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ޓެކްސީ ޚިދުމަތް ދޭ ބިދޭސީއެއް ކަމަށް ބުނެ މީސްމީޑިޔާގައި ފަތުރަމުން ގެންދަނީ ދޮގު މައުލޫމާތެއް ކަމަށް މޯލްޑީވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ
އިމިގްރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް “ޓެކްސީގެ ޚިދުމަތް” ދެމުންދާ ބިދޭސީއެއް ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައިވާ ބިދޭސީ ފަރާތަކާއި ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ފުލުހުން އިން ވަނީ އެމައްސަލަ ބަލައި އިމިގްރޭޝަނާއި މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް "ޓެކްސީގެ ޚިދުމަތް" ދެމުންދާ ބިދޭސީއެއް ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައިވާ ބިދޭސީ ފަރާތަކާއި ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުގެ އަލީގައި @PoliceMv އިން ވަނީ މި މައްސަލަ ބަލައި އެފަރާތުގެ މަޢުލޫމާތު އިމިގްރޭޝަނާއި ހިއްސާކޮށްފައި. އަދި މި ބިދޭސީ… pic.twitter.com/okv4RRnmmZ
— Maldives Immigration (@ImmigrationMV) August 28, 2024
އެގޮތުން މި ބިދޭސީ ފަރާތަކީ ދިވެއްސަކާއި ކައިވެނިކޮށް، ސައްހަ “ރެސިޑެންސް ވިސާ” ގެ އިތުރުން ޓެކްސީ ޚިދުމަތް ދިނުމުގެ ހުއްދަ އަދި ލައިސަންސް އޮތް ފަރާތެއްކަން ކަށަވަރުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އިމިގްރޭޝަނުން މިހެން ވިދާޅުވެފައި ވަނީ “ޓެކްސީ ޑްރައިވާސް ކޮމިއުނިޓީ” ނަމުގައި ހިންގަމުންދާ ޕޭޖެއްގައި އެ ބިދޭސީ މީހާއަކީ ރެޒިޑެންސް ވިސާނެތި އާންމުކޮށް ޓެކްސީކުރާ މީހެއް ކަމަށް ބުނެ މީސްމީޑިއާގައި ކޮށްފައިވާ ޕީސްޓަކާއި ގުޅިގެންނެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އެއަރޕޯޓް ފުލުހުން ވަނީ އޮގަސްޓު 26 ވަނަ ދުވަހު އޭނާގެ ޓެކްސީ ހިފަހައްޓާ ޖޫރިމަނާ ކުރުމަށްފަހު އޭނާ ދޫކޮށްލާފަ އެވެ.