-Advertisement-

-Advertisement-

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 2 ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 2 ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 2 ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތު އިއްޔެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބާއްވައިފިއެވެ.

މި ޕްރޮގްރާމުގެ މި ބުރުގައި ޖުމްލަ 209 ކުއްޖަކުވަނީ ސަނަދު ހާސިލްކޮށްފައެވެ. ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ލިބިދޭ ސަނަދު ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަރިވަރުންނަށް ޚުތުބާ ކިޔުމަށާއި، އިމާމުވެ ނަމާދު ކުރުމަށާއި، ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައް ވަނީ ދަސްކޮށްދެވިފައެވެ.

އެ ދަރިވަރުންނަށް ސަނަދު ދިނުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަމާޒަކީ މި ދައުރުތެރޭގައި 1000 ޒުވާން ޚަޠީބުން މުޖްތަމަޢަށް ނެރުންކަމަށެވެ. އެގޮތުން މިހާތަނަށް ހިންގި 2 ޕްރޮގްރާމުން 300އަށް ވުރެ ގިނަ ޚަޠީބުން ތަމްރީންކުރެވިފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި، މި ޕްރޮގްރާމުން ސަނަދު ހާސިލްކުރާ ޚަޠީބުން މުޖްތަމަޢުން ވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-