-Advertisement-

-Advertisement-

ފަންޑް މެނޭޖްމަންޓް ކުންފުނި ބީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމައިފި

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު. ފޮޓޯ: އެޑިޝަން އެމްވީ

މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅުވާލައި ބީސީސީގެ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ކަންޑައެޅުމަށް ނިންމައިފިއެވެ.

މިއަދު އޮތް ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި މިފަދައިން ނިންމެވިކަން ހާމަކުރައްވައިފައިވަނީ، އެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، އެމްއެފްއެމްސީ ބީސީއާ ގުޅުވާލުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި ރައީސް ކަނޑައާޅުއްވައިފައިވާ ކަންކަމުގެ ތެރެއިން އެންމެ ފައިދާ ހުރި ގޮތްތަކަކީ ކޮބައިތޯ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ.

އެގޮތުން އެމްއެފްއެމްސީ ބީސީސީގެ ދަށަށް ބަދަލުކުރި ނަމަވެސް އެމްއެފްއެމްސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) މިހާރުވެސް އޮތް ގޮތަށް އެމްއެފްއެމްސީގެ ސަބްސިޑަރީއެއް ގޮތަށް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވަޒީރި ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގައި މި ސަރުކާރުން އަލަން ނިންމާފައިވާ އަންޑާ ސީ ކޭބަލްއަކީ އޯސީއެމްގެ ވަރަށް ބޮޑު އެސެޓެއް ކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ،  އޯސީއެމްއަކީ ރާއްޖޭގެ އިގްތިސާދާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް މުހިންމު މަސައްކަތަކަށް ވާތީ މިހާރެކޭވެސް އެއްގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް ނިންމަވާފައިވާކަމަށެވެ.

އެމްއެފްއެމްސީ އަކީ އީގާދީ އީޖާދީ އުފެއްދުންތެރި މަސައްކަތްކުރާ ވިޔަފާރިތައް ކުރިއެރުވުމަށް އިންވެސްޓް ކުރާ ކުންފުންޏެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-