-Advertisement-

-Advertisement-

ފުލުހުންގެ ޚިދުމަތްތަކުގެ ފެންވަރަށް ހަރުދަނާ ކުރުމަށް އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފި

ފޮޓޯ: މޯލްޑިންސް ޕޮލިސް ސާވިސް

ފުލުހުންގެ މަސައްކަތްތައް ޒަމާނީ ފެންވަރަށް ހަރުދަނާ ކުރުމަށްޓަކައި އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އައު އެޕްލިކޭޝަންތައް ރަސްމީކޮށް ތަޢާރަފުކޮށްފައި ވަނީ މި ހަފްތާގެ އާދީއްތަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މީގެ އިތުރުން، ކުރިން ބޭނުންކުރަމުން އައި ބައެއް އެޕްލިކޭޝަންތައް އަލުން ފަރުމާކޮށް އަޕްޑޭޓްކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި ރަސްމިއްޔާތުގައި އަލަށް ތަޢާރަފުކުރެވުނު އެޕްލިކޭޝަންތަކުގެ ތެރޭގައި އޮޓޮމެޓިކް ސްޕީޗް ރެކޮގްނިޝަން (އޭ.އެސް.އާރު) އަދި ސުޕަވައިޒަރ ޑޭޝްބޯޑް ހިމެނެއެވެ. ފުލުހުންގެ ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޔުނިޓުން ދެއްވި މަޢުލޫމާތުގައި، މި އެޕްލިކޭޝަންތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންތަކެއްކަމަށް ފާހަގަކޮށްފައިވެއެވެ.

އަލުން ފަރުމާކުރެވުނު ބައެއް އެޕްލިކޭޝަންތައް

  • ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލް
  • ޕީއައިއައި ޓީމްސް އެޕްލިކޭޝަން
  • ޕާސަން އޮފް އިންޓްރެސްޓް ޕޯޓަލް
  • ނެއިބަހުޑް ސަޕޯޓް ސިސްޓަމް
  • ޓެކްނިކަލް އޮޕަރޭޝަން ޕްލެޓްފޯމް
  • އޮޕްސް މޮބައިލް އެޕް
  • ފޭސް އެޕް

މި އައު ވަސީލަތްތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މަޢުލޫމާތު ބެލެހެއްޓުމާއި ޚިދުމަތް ދިނުން އަވަސްވެގެންދާނެކަމަށް ފުލުހުން ލަފާކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-