ރައްޔިތުންގެ މަޖިލިހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލިހުން ވިދާޅުވީ އެ މަޤާމަށް އަލީ އަޝްފާޤް މިދިޔަ ޖުލައިމަހު އައްޔަންކޮށްފައި ވާކަމަށް ރައްޔިތުންގެ މަޖިލިހުންވެސް ވިދާޅުވި ނަމަވެސް އޭނާގެ މުސާރަޔާއި އިނާޔަތްތަކާއި ގުޅުންހުރި ތަފްސީލެއް ދެއްވައިފައެއް ނުވެއެވެ.
ރަސްމީކޮށް ފުޓުބޯޅައިން ރިޓަޔާނުކުރި ނަމަވެސް ސީޒަން ހުއްޓާލައިފައި އޮތުމުން އަޝްފާގު ހުރީ ފުޓުބޯޅައާއި ދުރުގައެވެ.
މަޖިލިސް ރައީސްގެ ގެކޮޅުގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ)އެވެ.