ރައީސް، ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުނުކުރައްވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ރައީސް މުއިޒު އަދީބުއާއި ބައްދަލުކުރެއްވިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްެއެމްޕީއާރސީގެ ޚިޔާނާތުގައިވެސް ހިމެނިވަޑައިގަންނަވާ އަދީބު ވިދާޅުވީ، އެމަނިކުފާނު ރައީސް މުއިއްޒާއި ބައްދަލުކުރައްވައިފައި ނުވާކަމަށެވެ.
https://x.com/Ahmed_Adeeb/status/1830844977401807006
އެގޮތުން އަދީބު ވަނީ 2015 ވަނަ އަހަރު އެމަނިކުފާނު ހުރަގޭގައި އޮންނަވަނިކޮށް އެމްޔޫއޯ ކިޔާ ހަރަކާތް އުފައްދާ އޭގެ އެޑްވައިޒަރަކަށް އެބޭފުޅާ ހަމަޖައްސަވައިގެން ރައީސް ޔާމީނުގެ ވެރިކަން ވަށްޓާލެއްވީ ޑރ ޖަމީލްކަމުގައި ވިދާޅުވެފައެވެ.
ސިޔާސީ ގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން – އަދީބު
ރައީސް ޑރ މުހައްމަދު މުޢިއްޒާއި އަދީބާއި ދެބޭފުޅުން ބައްދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލެއްވި ފަހުން އެމަނިކުފާނާއި އަދީބާއި ދިމާ ނުވާކަމަށް ވިދާޅުވެފައެވެ.