-Advertisement-

-Advertisement-

ޑިންގީއެއް ބަންޑުން ޖަހާލައި ދެ މީހާކަށް އަނިޔާވެއްޖެ

ފޮޓޯ: ސޯޝަލްމީޑިއާ

މިއަދު ހަވީރުގެ ވަގުތެއްގައި މާލެ އާއި ހުޅުލެއާއި  ދެމެދަށް ޑިންގީއެއް ބަންޑުން ޖަހާލައި ދެ މީހާކަށް އަނިޔާވެއްޖެއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، ބަންޑުން ޖަހާލި ޑންގީގައި ތިބީ ތިން މީހުން ކަމަށާއި އެތިން މީހުން ވެސް މިހާރު ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެއަށްފަހު އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި ބަނޑުން ޖަހާލި ޑިންގީގައި ހަތަރު މީހުން ތިބި ކަމަށާއި އޭގެން ދެ މީހަކަށް ކުދިކުދި އަނިޔާ ލިބިފައިވާ ކަމަށެވެ. އެއީ ދެ ދިވެހިން އަދި ދެ ބިދޭސީން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިހާދިސާގައި އަނިޔާ ލިބުނު ދެމީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ޑިންގީ ބަންޑުޖަހާލިކަމުގެ މައުލޫމާތު ލިބުމާއިއެކު ފުލުހުންނާއި އެމްޑީއެފް ކޯސްޓް ގާޑުން ވަނީ ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ސިނަމާލެ ބްރިޖް ސަރަހައްދަކީ އާންމުކޮށް ވެސް އޮއިވަރު ބާރު ސަރައްހަދެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-