-Advertisement-

-Advertisement-

ޝަރަފްވެރިކަމުގެ ޤައުމީ އިނާމު 7 ފަރާތަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 11 ފަރާތަކަށް އަރުވައިފި

ޕާފޯމިން އާޓްސްގެ ދާއިރާއިން އިނާމު ލިބިވަޑައިގެން ވ. ކަންދު، ހަސަން މަނިކު - ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދަޢުލަތުން އަރުވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމް 7 ފަރާތަކަށް އަދި ހިތްވަރުދިނުމުގެ ޤައުމީ އިނާމު 11 ފަރާތަކަށް މި އަހަރު އަރުވައިފިއެވެ.

މި ފަރާތްތަކަށް އިނާމު އަރުވައިފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަތްޕުޅުންނެވެ.

މި ރަސްމިޔާތުގައި ރައީސްވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދަޢުލަތުން އަރުވާ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖްގެ އިތުރުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އަރުވާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލްކުރެއްވި ފަރާތްތައް:

  • އަލްމަރްހޫމް މުހައްމަދު ތައުފީގުގެ ހަނދާނަށް
  • ޑރ އަބްދުލް އަޒީޒު ޔޫސުފް
  • މުހައްމަދު މާޖިދު
  • މޫސާ ލަތީފް
  • މުހައްމަދު ނާސިރު
  • އަހްމަދު މުހައްމަދު
  • ހަސަންމަނިކު

ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 11 ފަރާތް:

  • އަލްގާރީ އަހްމަދު އިބްރާހީމް
  • އަލްއުސްތާޒު އަބްދުއްރަޙްމާން ޔޫނުސް
  • އައްޝައިހް އިއްޒައްދީން އަދުނާން
  • އައްޝައިޚް އަހްމަދު މައުމޫން
  • އިސްމާއީލް ސާޖިދު
  • އިބްރާހީމް ތައްޚާނު
  • ރިޔަން ޕްރައިވެޓް ލިމިޓެޑް
  • އާމިރު މަންސޫރު
  • އަބްދުއްރަޙްމާނު ޔޫސުފު
  • ފާތިމަތު އުމަރު
  • ހުސައިން އަލީ

މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ ޝަރަފްވެރިކަމުގެ އިނާމުގެ އިތުރުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ޙާސިލްކުރެއްވި އެންމެހައި ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-