މ ނާލާފުށީ ގެޔެއްގެ ބޭރު ފާރުކައިރީގައި ޕާކްކޮށްފައިހުރި ސައިކަލެއްގައި ރޯކޮށްލައިފިއެވެ.
އެރަށު ކައުންސިލްގެ މެމްބަރެއް މަޢުލޫމާތު ދެއްވިގޮތުގައި މި ހާދިސާ ހިނގައިފައިވަނީ ރޭ ދަންވަރު 3އި 3:30އި ދެމެދުގެ ވަގުތެއްގައެވެ.
އެގޮތުން އެބޭފުޅާ ވިދާޅުވީ، އެ ސައިކަލަކީ އެ ރަށު ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފެއް ދުއްވާ ސައިކަލެއްކަމަށާއި އެ ސައިކަލުގައި ރޯކޮށްލައިފައިވަނީ އޭނާ ޑިއުޓީ ނިންމާފައި އައިސް ގެ ކައިރީގައި ޕާކްކޮށްފައި ހުއްޓައި ކަމަށެވެ.
އެގޮތުން އެ ސައިކަލުގައި ރޯކޮށްލުމަށް މެދުވެރިވި ވަކި ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، މި ހާދިސާގައި އެ ސައިކަލުވަނީ އެއްކޮށް އަނދައި ބޭނުން ނުކުރެވޭ ވަރުވެފައެވެ.