-Advertisement-

-Advertisement-

މަސްތުވާތަކެެއްޗާއި އެއްކޮށް ހައްޔަރު ކުރި މެލޭޝިއާ މީހުންގެ ބަންދަށް 30 ދުވަސް ޖަހައިފި

ކްރިމިނަލް ކޯޓު /ފޮޓޯ: ސަން

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މެލޭޝިއާ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 44 އަހަރާއި 41 އަހަރުގެ މެލޭޝިއާ ދެ ފިރިހެނުންނެވެ.

އެދެމީހުންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން ތުހުމަތު ކުރެވޭ ކުށް ދެ މީހުންވެސް ކުރި ކަމަށް އެކަށީގެންވާ މިންވަރުގެ އެކި ގަރީނާ ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށް ކްރިމިނަލް ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

އެގޮތުން އެދެމީހުންނާއި ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ކަސްޓަމްސް އޮފިސަރުންގެ ބަޔާނާއި، ފުލުހުންގެ ބަޔާނާއި، މޯބައިލް ފޮރެންސިކް ރިޕޯޓާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓް ހިމެނެއެވެ.

މީގެއިތުރުން ފުލުހުންގެ ކޮންޓްރޯލް ޑެލިވަރީގައި ލިބިފައިވާ މައުލޫމާތާއި މޯބައިލް ފޯނުން ލިބުނު މައުލޫމާތަށް ބަލާއިރު، ފެނިފައިވާ މަސްތުވާތަކެއްޗާއި 41 އަހަރުގެ މީހާއާ ގުޅުން އޮތްކަން ވަނީ ހާމަވެފައެވެ. އަދި 44 އަހަރުގެ މީހާގެ އަތުން މަސްތުވާތަކެތި އަތުން ފެނިފައިވާއިރު، އޭނާ ވަނީ ކޯޓުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން އޭނާއަށް ލިބިފައި ނުވާކަން ފާހަގަ ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-