އިންޑިއާގެ ޓުޓިކޮރިން އިން ހިތަދޫ ރީޖަނަލް ޕޯޓަށް 300 މެޓުރިކް ޓަނުގެ ކާގޯ ބަނދަރުކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން ބުނެފިއެވެ.
އެމްޕީއެލްގެ ސީއޯއޯ މުހައްމަދު ވަޖީޖު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް 300 މެޓްރިކް ޓަނުގެ ކާގޯ ކޮންޓެއިނާ އަންނަ ބުދަ ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ބަނދަރުކުރާނެ ކަމަށެވެ.
“300 ވަރަކަށް މެޓުރިކް ޓަނުގެ ކާގޯ ހިތަދޫ ރީޖެނަލް ޕޯޓަށް. އައްޑޫ ސިޓީ އަށް ގެންދިއުމަށްޓަކައި އިންޑިޔާގެ ޓިޓުކޮރިން އިން 300 ވަރަކަށް މެޓުރިކް ޓަނުގެ ކާގޯ ލޯޑު ކޮށްގެން “އެމްވީ ނިއުމަތު” ހިތަދޫ ރީޖެނަލް ޕޯޓަށް ދަތުރު ކުރަމުން އެބަދެއެވެ. ޝެޑިއުލްގައި ވާގޮތުން މިބޯޓަށް ހިތަދޫ ޕޯޓަށް ބަދަރު ކުރެވޭނީ މިމަހުގެ 11 ވާ ބުދަ ދުވަހު” ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ހާމަކުރައްވާފައިވާ ގޮތުގައި މިބޯޓުން ތަރުކާރީ އާއި މޭވާ އަދި ޖެނެރަލް ކާގޯ ގެ ބާވަތްތައް އެތެރެކުރެވޭނެ ކަމަށާއި މިއީ ދާއިމީ ގޮތެއްގައި އިންޑިޔާއިން އައްޑޫ ސިޓީ އަށް ކާގޯ ގެންދިއުމަށްޓަކައި މިސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ މި މަސައްކަތަށް އިތުރު ކުރެވިގެން ދިޔަ ބޮޅެއް ކަމަށެވެ.
ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު އެމްޕީއެލް އިން ވަނީ މާލޭގެ ވިޔަފާރީ ބަނދަރުގައި934 ކޮންޓެއިނާރ އަށް ޚިދުމަތް ދީ އެއްދުވަހަކަށް އެންމެ ގިނަ ކޮންޓެއިނާރ ހޭންޑުލްކުރުމުގެ އައު ރިކޯޑެއް ގާއިމުކޮށްފައެވެ.
އެމްޕީއެލް ގެ މެނޭޖްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން އަންނަނީ “ލައިޓެނިންގް ސްޕީޑު” ގައި މަސައްކަތްކޮށް ރައްޔިތުން ހިތްހަމަ ޖެހޭފަދަ ޚިދުމަތް ތަކެއް ފޯރު ކޮށްދިނުމަށެވެ.