-Advertisement-

-Advertisement-

ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ފަތިހު 04:15ގައި ހުޅުމާލޭ ފިޔަވަހި 1 ގައި ހުންނަ ފުލުހުންގެ ސްޓޭޝަންގެ ހުޅަނގުފަރާތު ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ރޭ ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ ކ.މާލެ/ ހ ހެމްވަތި އުމުރުން 24 އަހަރުގެ ޒައިދާން މުހައްމަދު ޒާހިރުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އޭނާއަކީ ބާރު ސްޕީޑްގައި ސައިކަލު ދުއްވުމުގެ ސަބަބުން އޭނާގެ ސައިކަލް ފުލުހުން ޓޯވކޮށްފައި ވާތީ އެ ސައިކަލާއި ހަވާލުވުމަށް ސްޓޭޝަނަށް ހާޒިރުވި މީހެއްކަމަށެވެ.

ހަމައެޔާއެކު އޭނާ ހައްޔަރުކޮށް ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއް ރަބަރު ޕެކެޓް އޭނާގެ ޖީބުން ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވުމާއެކު ޒައިދާން ފުލުސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައާއި އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ ފުލުހުން އަންނަނީ ތަހުޤީޤުކުރަމުންކަމުގައި ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-