-Advertisement-

-Advertisement-

ޕީޖީއަކު އައްޔަންކުރުމަށް މަޖިލިހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ!

ފޮޓޯ: ރައްޔިތުންގެ މަޖިލިސް އިދާރާ

ހުސްވެފައިވާ ޕރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް މީހަކު އައްޔަންކުުރުމަށް މި ހަފްތާގެ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީޖީގެ މަޤަމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް ޕީޖީކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމުންނެވެ.

ޝަމީމް މަގާމުން ވަކި ކުރަން ފެންނަ ކަމަށް 65 މެމްބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ އޮގަސްޓް 22 ވަނަ ދުވަހުއެވެ.

ޤާނޫނު ބުނާގޮތުން ޕީޖީގެ މަޤަމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އައްޔަންކުރަން ޖެހޭނެއެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 21 ވަނަ ދުވަހަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތުމާއި ޕީޖީއަކު އައްޔަންކުރާ ޖަލްސާ ޖެހޭނީ ދައުރުން ބޭރުން ބާއްވާށެވެ.

ހުސްވެފައިވާ ޕީޖީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ހުސްވި އޯގަސްޓްމަހުގެ 27 ވަނަ ދުވަހުއެވެ.

އެ މުއްދަތު ހަމަވާނީ ބުދަ ދުވަހުގެ މެންދުރު 12:00 އަށެވެ.

ޕީޖީ ކަމަށް ޝައުގުވެރިވެ، ކުރިމަތިލައްވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ތަރުތީބުކުރެއްވުމަށް ފަހު މަޖިލީހަށް ފޮނުވާނެއެވެ. މަގާމަށް ބޭފުޅަކު އައްޔަންކުރާނީ މަޖިލީހުން ރުހުން ލިބުމުން ރައީސުލްޖުމްހޫރިއްޔާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-