-Advertisement-

-Advertisement-

މައްޝްހޫރު ނިކޮކާޑޯ އެވޮކާޑޯ 2 އަހަރު ވަންދެން އަޕްލޯޑްކުރީ ކުރީގެ ވީޑިޔޯތަކެއް. 113 ކިލޯ ލުއިކޮށްލައިފި!

ޔޫޓިއުބް އަދި ޓިކްޓޮކްގައި ތަފާތު އެކި ކާތަކެތި ކެއުމުގެ ވީޑިއޯ ހަދާ މައްޝޫރު ނިކޮކާޑޯ އެވޮކާޑޯގެ ބަރުދަން ލުއިކުރި ގޮތް އެތައް ބައެއް ހައިރާންކޮށްލައިފިއެވެ. އަސްލުނަމަކަށް ނިކޮލަސް ޕެރީ އަކީ ޔޫކްރެއިންއަށް އުފަން އެމެރިކާގެ ރައްޔިތެކެވެ. އަދި އޭނާ ވަނީ މީސްމީޑިއާގައި އޭނާ އެހާ ބޮޑު އަދަދެއްގެ ބަރުދަން ލުއި ކުރިގޮތް ކިޔައިދީފައެވެ.

އޭނާ ބުނި ގޮތުގައި މިއީ އޭނާ ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރި ފުރަތަމަ ފަހަރު ނޫން ކަމެވެ. 2023 އަށް ފަހު އޭނާގެ ވީޑިއޯތަށް ބިނާވެފައިވަނީ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށެވެ. އެއިރު އޭނާގެ ހަށިގަނޑުން 40 ކިލޯ ވަނީ ލުއިކޮށްލެވިފައެވެ. ނިކޮލަސް ބުނާގޮތުގައި މި ދަތުރަކީ އޭނާއަށް ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުންވެސް ދަތި ދުވަސް ތަކެކެވެ. އޭނާ ބުނި ގޮތުގައި މި ވީ ދެއަހަރު ތެރޭގައި އޭނާގެ ބެލުން ތެރިންނަށް ހިއްސާކޮށްފައިވަނީ ކުރީގައި އޭނާ ނަގާފައި ހުރި ވީޑިއޯތައްކަމެވެ. އަދި އެ ދެއަހަރުގައި އޭނާ މަސައްކަތް ކުރީ ބަރުދަން ލުއިކުރުމަށްކަމެވެ. އޭނާ ބަރުދަން ލުއިކުރުމަށްޓަކައި ކުރިން ކައިބޮއެ އުޅުނު ތަކެތި އެއްކޮށް ހުއްޓާލިއެވެ. އަދި ބަދަލުގައި ގިނަ ތަރުކާރީއާއި މޭވާގެ ބާވަތްތައް ބޭނުން ކުރަން ފެށިއެވެ. މީގެ އިތުރުން ދުވާލަކު 2 ގަޑީރުގެ ކަސްރަތު ކުރާކަމަށްވެއެވެ.

މީނާގެ ބެލުން ތެރިންނަށް އެހާ ބޮޑު ސިހުމެއް ލިބިގެން ދިޔައީ 2 އަހަރު ތެރޭގައި ބެލި ވީޑިއޯތަކުގައި ހުރީ އަސްލު ނިކޮލަސް ހުންނަ ގޮތް ނޫން ކަމާއި އެއީ އޭގެ ކުރިން ނަގައިފައިވާ ވީޑިއޯ ތަކެއްކަން އެގުމުންނެވެ. “މިއީ މިހާތަނަށް ހެދުނު އެންމެ ފުރިހަމަ ސޯސަލް އެކްސްޕްރިމަންޓް” ކަމަށް ނިކޮލަސް ބުނެފައިވެއެވެ. އޭނާ މި ދެ އަހަރު ތެރޭގައި ދިޔައީ ބެލުންތެރިން އޭނާގެ ބަރުދަނާއި މެދު މަލާމާތްކޮށް ފުރައްސާރަ ކުރަމުން ދިޔަ ކޮމެންޓުތައްވެސް ކިޔަމުންނެވެ. މިވީ ދެއަހަރު ތެރޭގައި ނިކޮލަސް މިވަނީ 113 ކިލޯ ލުއިކޮށްލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-