-Advertisement-

-Advertisement-

މަގުމައްޗަށް ވެއްޓިގެން މީހެއްގެ އަތުން ގެއްލުނު 17000 ރުފިޔާ ފުލުހުން ހޯދައިފި

ފުލުހުންގެ އިދާރާ – ފޮޓޯ: މިހާރު

މަގުމައްޗަށް ވެއްޓިގެން މީހެއްގެ އަތުން ގެއްލުނު 17000 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާލުވީ މިމަހުގެ 9 ވަނަ ދުވަހު މީހެއްގެ ޖީބުން މަގުމައްޗަށް 17000 ރުފިޔާ ވެއްޓި ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ ކަމަށެވެ.

އެގޮތުން އެ ފައިސާތައް ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި، އެ ފައިސާތައް މަގުމަތިން ނެގި މީހާ ދެނެގަނެ، ގަލޮޅު ފުލުހުން ކުރި މަސައްކަތުން މިރޭގެ ވަގުތެއްގައި އެ ފައިސާތައް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-