-Advertisement-

-Advertisement-

ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރުމަށް އެމްކިއުއޭގެ މައްޗަށް ކުރި އަމުރު އިސްތިއުނާފު ކުރަނީ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ. ފޮޓޯ: ޕީއެސްއެމް ނިއުސް

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލު ނުކުރުމަށް ނިންމާފައިވާ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ބަލައިގަތުމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އެމްކިއުއޭން  ނިންމައިފިއެވެ.

މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ފިލިޕިންސްގެ އެލްޑާސްގޭޓް ކޮލެޖުގެ ސަނަދު ލިބޭ ގޮތަށް ސްރީ ލަންކާގެ އެއިމްސް ކޮލެޖުގައި ހިންގާ ޕީއެޗްޑީ ކޯހެއް ކިޔަވަން ބަޔަކު ފަށާފައި ވަނީ އެމްކިއުއޭ އިން އެ ކޯސް ގަބޫލުކުރާކަމަށް 2016 އަހަރުގައި އެންގުމުންނެވެ.

އެއަށްފަހު 2018 ވަނަ އަހަރު އެމްކިއުއޭ އިން ވަނީ އެކޮލެޖުގެ ކޯސް ގަބޫލުކުރުން ހުއްޓާލާފައިވާ ކަމަށާއި އެހާތަނަށް ކިޔަވަން ފަށާފައިވާ މީހުންގެ ސެޓްފިކެޓް ބަލައިގަންނާނެ ކަމަށް އަންގާފައެވެ. ނަމަވެސް 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން އެމްކިއުއޭ އިން ވަނީ ސެޓްފިކެޓް ވެލިޑޭޓް ނުކުރެވޭނެ ކަމަށް ބަޔާންކޮށް އެކަމަށް ދެކޮޅު ހަދާފައެވެ.

ތިން މީހެއްގެ ފަރާތުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނިންމީ، ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރެވެން ނެތް ކަމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް އެމްކިއުއޭ އިން ޒިންމާވާން ޖެހޭ ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ ތިން މީހުންގެ ވެސް ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރުކޮށްފައެވެ.

މިއާއިއެކު އެމްކިއުއޭއިން މިއަދު އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައި ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް އެއޮތޯރިޓީން ކުރަމުންދާ ކަމަށެވެ.

އެމްކިއުއޭއިން މިފަދައިން ބަޔާންކޮށްފައިވާއިރު، ދައުލަތުން ވަނީ އެ ތިން މީހުންގެ ސެޓްފިކެޓް ބަލައިގަންނަން ޖެހޭ ކަމަށް ހައި ކޯޓުގައި ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-