ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރު ކުރަމުންދާ މައްސަލައިގައި ތޮއްޔިބު ޝަހީމްގެ ފޯނު ހިފަހައްޓައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ތޮއްޔިބުގެ ފޯނު ހިފަހައްޓާފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މީގެއިތުރުން، ސައްހަ ނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރުކުރަމުންދާ މައްސަލައިގެ ތަހުގީގަށް ތޮއްޔިބުގެ ފޯނުގެ އިތުރުން އިލެކްޓްރޯނިކް ބައެއް ތަކެތި ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކްސް ހިފަހައްޓާފައި ވަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިސަރުކާރުން ސްޓެލްކޯގެ މަޤާމަކަށް ތޮއްޔިބް އައްޔަން ކުރުމަށްފަހު، އޭނާ މަގާމުން ވަކިކޮށްފައިވާއިރު، އޭނާ އަންނަނީ އެކްސްގައި ސަރުކާރުން ހިނގާ މަޝްރޫއާބެހޭ ގޮތުން ސަރުކާރާއި ދެކޮޅަށް ފާޑުކިޔަމުންނެވެ.