-Advertisement-

-Advertisement-

ބޮޑު ޖަމާޢަތުގެ ނަމާދުތަކުގައި ކުރުކޮށް ކިޔެވުމަށް އިމާމުންނަށް އިލްތިމާސްކޮށްފި

ފޮޓޯ: ވަގުތު ނޫސް

ހުކުރު ނަމާދުފަދަ ގިނަ މީހުން އެއްވެގެން ބޮޑު ޖަމާޢަތްތަކުގައި ކުރާ ނަމާދުތަކުގައި ކުރުކޮށް ކިޔެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިމާމުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ބައެއް އިމާމުން ވަރަށް ދިގުކޮށް ކިޔަވާކަމަށް ބުނެ އަންނަމުންދާ ޝަކުވާތަކާއި ގުޅިގެން ވަޒީރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށެވެ.

https://x.com/Mohamedshaheem1/status/1834550578216894797

އެގޮތުން ޖަމާޢަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިންވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމު ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ވިއްސާރަވާ އިރު ވިއްސާރައިގަ އަދި ގަދަ އަވިދޭ އިރު އަވީގައި ވެސް ޖަމާޢަތުގެ ބޮޑު ބައެއް އޮންނަކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ މިފަދަ ކަންކަމާމެދު ސަމާލުވުމަކީ ފިޤުހުވެރިކަމުގެތެރެއިންވާކަމެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-